އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

10 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ބިޑްކޮމިޓީގެ މަސައްކަތު މަރުހަލާގައި އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތަކީ މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ބްލެކް ލިސްޓް ކުރެވިފައިވާ ފަރާތެއްކަން ފާހަގަކުރެވޭ ކަމަށާއި، މައްސަލައާއި ގުޅިގެން ހުށަހެޅުނު ޤާނޫނީ ލަފާއަށް ރިއާޔަތްކޮށް، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މައްސަލަ ބިޑްކޮމިޓީގައި އަލުން ދިރާސާކޮށް ބިޑްކޮމިޓީން ނިންމާގޮތެއްގެ މަތިން ( އިވެލުއޭޝަންގައި 2 ވަނައަށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތާއި މަސައްކަތް ޙަވާލުކޮށް) ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އުޞޫލުތަކާއި އެއްގޮތަށް މަސައްކަތް ޙަވާލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/202

ތާރީޚް: 10 ޖުލައި 2019