އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައިލެންޑް ޓީވީއަށް އިތުރުކޮށްދެވުނު 4000 އަކަފޫޓްގެ ބިމުގެ މައްސަލައަށް ރިވިއުކުރުން

10 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނިންމުން ނަމްބަރު 426-BR(3)2019/74  ނިންމުމާއި ގުޅިގެން އައިލެންޑް ޓީވީއަށް އިތުރުކޮށްދެވުނު 4000 އަކަފޫޓްގެ ބިމުގެ މައްސަލައަށް ރިވިއުކޮށް މައްސަލައަށް ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ކައުންސިލްގެ ނަމްބަރު:426-BR(3)2019/74  ނިންމުމާއި އެނިންމުމުގެ ދަށުން އެކުލަވާލެވިފައިވާ ނަމްބަރު: (AGR)426-AB/INDIV/2019/21އެއްބަސްވުން ބާޠިލުކުރުމަށާއި، އައިލެންޑް ޓީ.ވީ އާއި އިންވެގެން އޮތް 4000އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމުގައި ޢާއްމުކޮށް އިޢުލާނުކޮށްގެން ހޮވޭ ފަރާތަކާއި ބިން ޙަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/203

ތާރީޚް: 10 ޖުލައި 2019