އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބެޑްމިންޓަން މުބާރާތުގައި ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ކަމިޔާބީއަށް ހިތްވަރުދިނުމާއި ގުޅޭ

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހޮރައިޒަން އެކަޑަމީއިން އައްޑޫގެ އޮފީސް ތަކުގެ މެދުގައި ކުރިއަށް ގެންދާ ބެޑްމިންޓަން މުބާރާތުގައި އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް ބައިވެރިވެ ހޯދަމުންދާ ކަމިޔާބީއަށް ހިތްވަރުދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް

 

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ހޮރައިޒަން އެކަޑަމީއިން އިންތިޒާމްކޮށްގެން އައްޑޫގެ އޮފީސް ތަކުގެ މެދުގައި ކުރިއަށް ގެންދާ ބެޑްމިންޓަން މުބާރާތުގައި، އައްޑޫސިޓީ ކައުންސިލް ވެލްފައަރ އެންޑް ރެކްރިއޭޝަން ކްލަބުން ބައިވެރިވެ ރަނގަޅު ޕާރފޯމެންސެއް ދައްކަމުންދާތީ، މުބާރާތުގެ ނިންމުން ފާހަގަކުރުމަށާއި ޓީމް މުބާރާތުގައި ބައިވެރިވެ ހޯދަމުންދާ ކާމިޔާބީ ފާހަގަކޮށް ޝުކުރުވެރިވުމުގެ ގޮތުން، 15000.00ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/214

ތާރީޚް: 16 ޖުލައި 2019