އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ހެލްޕިންގ ސޯޝަލް ކެއަރއިން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

8 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހުޅުދޫ އަވަށުގެ "ބޮމާފަންނު" އިރުމަތީ ފަރާތު ސަރަހައްދުގައި ހުޅުދޫ ވަށުގެ ރައްޔިތުންނާއި ހެލްޕިންގ ސޯޝަލް ކެއަރއގުޅިގެން ތަރައްޤީ ކުރަމުން އަންނަ ޕާރކްގައިފެންސެއް ޖެހުމަށާއި، އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދި ހެލްޕިންގ ސޯޝަލް ކެއަރއިން ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީ ހުޅުދޫއަވަށުގެ ރައްޔިތުންނާއި ހެލްޕިންގ ސޯޝަލްކެއަރ ގުޅިގެން އެ އަވަށުގެ އިރުމަތީ ފަރާތު ބޮމާފަންނު ސަރަހައްދުގައި ތަރައްޤީ ކުރަމުން އަންނަ ޕާރކަކީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލަކަށް ހެދުމުމަށް އެފަރާތުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ ކަންކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން 20000.00ރުފިޔާ (ވިހިހާސްރުފިޔާ) ޚަރަދުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/238

ތާރީޚް: 8 އޯގަސްޓް 2019