އައްޑޫސިޓީ ކައުންސިލްގެ އިދާރާ

232 ވަނަ ނަމްބަރު ނިންމުން (ޝަރުޢީ ކޯޓް ތަކުގައި ކައުންސިލް ތަމްސީލު ކުރާނެ ފަރާތްތައް ކަނޑައެޅުން) މުރާޖަޢާ ކުރުން

8 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޝަރުޢީ ކޯޓް ތަކުގައި ކައުންސިލް ތަމްސީލު ކުރާނެ ފަރާތްތައް ކަނޑައަޅައި ޤަރާރެއް ފާސްކުރުމަށް ނިންމާފައިވާ 232 ވަނަ ނަމްބަރު ނިންމުން މުރާޖަޢާ ކުރުން  

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް  

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ޝަރުޢީ ކޯޓް ތަކުގައި ކައުންސިލް ތަމްސީލު ކުރާނެ ފަރާތްތައް ކަނޑައަޅައި ޤަރާރެއް ފާސްކުރުމަށް ނިންމާފައިވާ 232 ވަނަ ނަމްބަރު ނިންމުން މުރާޖަޢާ ކުރުމަށް ހުށަހެޅިފައިވާ މައްސަލައާއިގުޅިގެން ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު، މި މައްސަލައާއެކު ހުށަހެޅިފައިވާ ޤަރާރުގެ ދެލިކޮޕީއާއި އެއްގޮތަށް ކައުންސިލުން ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: މޭޔަރ ޢަބްދުﷲ ޞާދިޤް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/243

ތާރީޚް: 8 އޯގަސްޓް 2019