އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި މަތީތަޢުލީމު ދިނުމަށް އިންސްޓިޓިއުޝަނެއް ގާއިމުކުރުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ިވެލުއޭޓްކުރުމަށްފަހު ގޮތެއް ނިންމުން

29 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫގައި މަތީތަޢުލީމު ދިނުމަށް އިންސްޓިޓިއުޝަނެއް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބިމާއިބެހޭ ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު މައްސަލައަށް ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީ ހިތަދޫ އަވަށާއި ހުޅުދޫ/މީދޫ އަވަށުގައި މަތީތަޢުލީމު ދިނުމަށް އިންސްޓިޓިއުޝަނެއް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ކައުންސިލުން ހުޅުވާލެވުނު ފުރުޞަތުގައި، ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބިމާއި ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، ނިންމާފައިވާ ގޮތަށް މައްސަލަ ކުރިއަށްގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/246

ތާރީޚް: 29 އޯގަސްޓް 2019