އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

3 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތާއި ގުޅިގެން، ބިޑް ކޮމިޓީގެ މަސައްކަތު މަރުހާލާގައި ނިންމާފައިވާ ނިންމުމުމަށް ރިއާޔަތްކޮށް ބަލާއިރު، އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތާއި މަސައްކަތް ޙަވާލު ނުކުރެވިހުރި، ސަބަބު ތަކުގެ ފުރިހަމަ ތަފްޞީލު ހިމެނިފައި ނެތްކަން ފާހަގަކުރެވޭ ކަމަށާއި، މިގޮތުން އެންމެ ކުޑައަގެއް ހުށަހަޅާފައިވާ ފަރާތުގެ މަޢުލޫމާތު މިއިދާރާގައި ރެކޯޑް ކުރެވިފައި ހުރި ލިޔުންތަކަށް ބަލާއިރު، މިއިދާރާއިން ކުރެވޭ މިފަދަ އިއުލާނުތަކާއި ގުޅިގެން ބިޑް ކާމިޔާބު ކުރުމުގެ މަޤްޞަދުގައި އެފަރާތުން ކުޑައަގެއް ހުށަހަޅަމުން އަންނަކަމަށް ބުނެފައިވާކަން އެނގޭ ކަމަށާއި، ބިޑްކޮމިޓީގެ ނިންމުމުގައި މިފަދަ މުހިއްމު ކަންކަން އެނގޭގޮތަށް ނިންމުން ތަފްޞީލުކުރުމަށާއި،  

ބިޑްކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތަށް އައްޑޫސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓުމުގެ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

 

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/253

ތާރީޚް: 3 ސެޕްޓެމްބަރ 2019