އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ 5 ސަރަޙައްދެއް ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައާއި ބަޔޮސްފިއަރ ރިޒާވުގެ ކޯރ އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުން

17 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގެ 5 ސަރަޙައްދެއް ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައާއި ބަޔޮސްފިއަރ ރިޒާވުގެ ކޯރ އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިނިންމުގައި ބަޔާން ކުރެވިފައިވާ އައްޑޫ ސިޓީގެ 5 ސަރަޙައްދަކީ، ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްކަމަށާއި، ބަޔޮސްފިއަރ ރިޒާވުގެ ކޯރ އޭރިއާއެއްގެ ގޮތުގައި މި ސަރަޙައްދުތައް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. ކޮޑަ ކަނޑަ
  2. ކަނޑި ހެރަ
  3. މާކިޅިއާއި މެދެ އާރަ އަދި ފެހެލަ ކިޅި
  4. ތުންޑިޔާ ބޭ – ހުޅުދޫ  
  5. ކޭވަކާ ގޮނޑޮ – ހުޅުދޫ މާފިށި

 

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޙިޔާޟް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/263

ތާރީޚް: 17 ސެޕްޓެމްބަރ 2019