އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ހެދުމަށް ކުރަންޖެހޭ މަސައްކަތަށް ބަޖެޓް ކަނޑައެޅުން

30 އޮކްޓޯބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ހެދުމަށް ކުރަންޖެހޭ މަސައްކަތަށް ބަޖެޓް ކަނޑައެޅުން.    

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަކީ މުހިއްމު ބޭނުންތެރި ކަމެއްކަން ފާހަގަކޮށް، މިމަސައްކަތް ކުރިއަށްގެނދިއުމަށް 110000.00ރުފިޔާ ކަނޑައަޅައި ޤަވާޢިދާއި އެއްގޮތަށް މިފައިސާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު    

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/304

ތާރީޚް: 30 އޮކްޓޯބަރ 2019