އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ފޭދޫ އަވަށު އޮފީހުގެ ޕޯޓިކޯއާއި ފެންތާނގީ ހިޔާކުރުމަށް ޖަހާފައިހުރި ތަނބުތައް މަރާމާތުކުރުން

3 ޑިސެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  މަރަދޫ ފޭދޫ އަވަށު އޮފީހުގެ ޕޯޓިކޯއާއި ފެންތާނގީ ހިޔާކުރުމަށް ޖަހާފައިހުރި ތަނބުތައް މަރާމާތުކުރުން.

މައްސަލަ ހުށަހެޅި ފަރާތް: ބިޑްކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

 

"މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ބިޑްކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާގޮތަށް، މަރަދޫ ފޭދޫ އަވަށު އޮފީހުގެ ޕޯޓިކޯއާއި ފެންތާނގީ ހިޔާކުރުމަށް ޖަހާފައިހުރި ތަނބުތައް މަރާމާތުކޮށްދިނުމުގެ މަސައްކަތް "ކޮބަލްޓް ކްރެސެންޓް ކްރެޑިޓް ޕްރައިވެޓް ލިމިޓެޑް" އާއި، ޙަވާލުކުރުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/325

ތާރީޚް: 3 ޑިސެމްބަރ 2019