އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ މަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ސީއެސްސީ އަށް ހުށަހަޅާފައިވާ އަދި ހުށަހަޅަމުންދާ މަޤާމްތަކާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އަދި ހުށަހަޅަމުންދާ މަޤާމްތައް މަޑުޖައްސަލާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑުގައި ހިމެނޭ މަޤާމްތަކަށް މުވައްޒަފުން ނެގުމަށް ސިވިލްސާވިސް ކޮމިޝަނަށް ހުށަހެޅޭ ސަބަބަކީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށާއި، މި ވަގުތު ސިވިލްސަރވިސް ކޮމިޝަނަށް މިއިދާރާއިން ހުށަހެޅިފައި ހުރި މަޤާމް ތަކަކީ، މީގެ ކުރިންވެސް ރައްޔިތުންނަށް ޚިދުމަތްދިނުމަށް މިއިދާރާގައި ކަނޑައެޅިފައި ހުރި މަޤާމްތައް ކަމަށާއި،

އެމަޤާމްތަކަށް އަލުން މީހުން ނަގަންޖެހުނު ސަބަބަކީ މަޤާމްތަކުގައި ތިބި މުވައްޒަފުން އެހެން މަޤާމްތަކަށް ބަދަލުވުމާއި ގުޅިގެން ޤަވާޢިދާއި އެއްގޮތަށް އެ މަޤާމްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް މަޤާމްތަކުގައި މުވައްޒަފުން ތިބުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ފެންނާތީ ކަމަށާއި، އެ މަޤާމްތައް މަޑުޖައްސާފައި ހުރުމުން މަޤާމްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނާތީ، މިއިދާރާގެ މަޤާމްތަކަށް މިހުންނަގަންޖެހޭ ސަބަބު ބަޔާންކޮށް ސިވިލްސާރވިސް ކޮމިޝަނަށް ހުށަހެޅުމަށާއި،މިވަގުތު މަޑުޖައްސާފައި ހުރި މަޤާމްތަކަށް ލަސްނުކޮށް މީހުން ނެގޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި، އެ ކޮމިޝަނަށް ހުށަހެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/12

ތާރީޚް: 13 ފެބުރުއަރީ 2020