އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫސްކޫލާއި އިންވެގެން ލިންކް ރޯޑް ސަރަޙައްދުގައި އޮތް ބިމުގައި ޕާރކިންގ އޭރިއާއެއް ހެދުމާ ގުޅޭ

13 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫސްކޫލާއި އިންވެގެން ލިންކް ރޯޑް ސަރަޙައްދުގައި އޮތް ބިމުގައި ޕާރކިންގ އޭރިއާއެއް ހެދުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ފައިޞަލް އިބްރާހީމް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މަރަދޫސްކޫލާއި އިންވެގެން ލިންކް ރޯޑް ސަރަޙައްދުގައި އޮތް ބިމުގައި ޕާރކިންގ އޭރިއާއެއް ހެދުމަށް ފެންނަކަމަށާއި، ޕާރކިން އޭރިއާ ހެދުމުގެ މަސައްކަތް މަރަދޫ އަވަށު އޮފީހުގެ ބެލުމުގެދަށުން ޕަބްލިކްވާރކްސްގެ އެހީތެރިކަމާއެކު  ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/18

ތާރީޚް: 13 ފެބުރުއަރީ 2020