އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކެޓަގަރީ C ގައި ހިމެނޭ 9 ފްލެޓަށް އެދުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ

20 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކެޓަގަރީ C ގައި ހިމެނޭ 9 ފްލެޓަށް އެދުމަށް ކޮށްފައިވާ އިއުލާން ނަންބަރު (IUI)426-AB/426/2019/480 ބާތިލްކޮށް އަލުން އިއުލާންކުރުމަށް.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކެޓަގަރީ C ގައި ހިމެނޭ 9 ފްލެޓަށް އެދުމަށް ކޮށްފައިވާ އިއުލާން ނަންބަރު (IUI)426-AB/426/2019/480  ބާތިލްކޮށް އަލުން އިއުލާންކުރުމަށް ފެންނަކަމަށާއި، މިގޮތަށް ކުރެވޭ އިޢުލާނުގައި ޕޮއިންޓް ދޭ އުޞޫލުގެ ބަދަލުގައި ޤުރުއަތުން ހޮވޭ ފަރާތްތަކަށް ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ބަޔާންކުރުމަށާއި އަދި ފްލެޓް ތައް ލިބޭ ފަރާތްތައް ފްލެޓް ތަކުގައި ދިރިއުޅޭނެ ކަމުގެ ޔަޤީންކަން ކައުންސިލްށް ދިނުމުން އެފަރާތްތަކަށް ފްލެޓްތައް ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/19

ތާރީޚް: 20 ފެބުރުއަރީ 2020