އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހައިޑްރޯ ފުޓްސަލް ކަޕަށް ފޭދޫ ދަނޑުގެ ލައިޓް ސިސްޓަމް މަރާމާތު ކުރުމަށް އެހީތެރިވުމާ ގުޅޭ

20 ފެބުރުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފްރެންޑްސް ކްލަބުގެ ފަރާތުން 06 އޭޕްރިލް ގައި ބާއްވާ "ހައިޑްރޯ ފުޓްސަލް ކަޕް" އަށް ފޭދޫ ދަނޑުގެ ލައިޓް ސިސްޓަމް މަރާމާތު ކުރުމަށް އެހީތެރިވުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައި ހުރި ކަންކަމަށް ރިއާޔަތްކުރުމަށްފަހު "ހައިޑްރޯޕްޓްސެލް ކަޕް" އަށް ފޭދޫ ދަނޑުގެ ލައިޓް ސިސްޓަމް މަރާމާތު ކުރުމަށް ފެންނަކަމަށާއި، މި ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް މި އިދާރާގެ ބެލުމުގެ ދަށުން ދަނޑުގެ މަރާމާތު މަސައްކަތުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށާއި، ކައުންސިލްގެ ބަޖެޓްގެ މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ ބެޖެޓް ކޯޑުން މި ކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/20

ތާރީޚް: 20 ފެބުރުއަރީ 2020