އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާގެ ފަރާތުން ރަމަޟާން މަހު ބާއްވާ ގުރުއާން މުބާރާތަށް އެހީތެރިކަމަށް އެދި ހުށަހެޅުމާ ގުޅޭ

18 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާގެ ފަރާތުން ރަމަޟާން މަހު މީދޫ އަވަށުގެ 25 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ޙާއްސަކުރެވިގެން ބާއްވާ ގުރުއާން މުބާރާތައް އެހީތެރިކަމަށް އެދި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސާރވިސް     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮއްފައިވާ ދަނޑިވަޅެއްގައި މިފަދަ މުބާރާތެއް ބޭއްވޭނެ މާހައުލެއްނެތް ކަމަށް ފާހަގަކޮށް މިމުބާރާތް ބޭއްވުމަށް ކަނޑައަޅުއްވާފައިވާ ތާރީޙުގައި މުބާރާތް ބޭއްވޭނެ ފަދަ ހާލަތަކަށް ހާލަތު ބަދަލުވެފައިވާނަމަ މުބާރާތް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށާއި އެގޮތުން  ޖަމިއްޔާތަކަށް އެހީދޭ އުސޫލުން އެއްވަނަ އަށް އަންނަ ފަރާތަކަށް /-1500 ރުފިޔާގެ ޓޮރޮފީ، ދެވަނަ އަންނަ -ފަރާތައް /-1000 ރުފިޔާގެ ޓްރޮފީ އަދި ތިންވަނަ އަންނަ ފަރާތަކަށް /-500 ރުފިޔާގެ ޓްރޮފީ ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ އަލީ ފަހުމީ އަޙްމަދު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/43

ތާރީޚް: 18 މާރޗް 2020