އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި ގުޅޭ

31 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހެޅިފައިވާ މައްސަލައަށް ރިއާޔަތް ކުރުމަށްފަހު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ކާބޯތަކެތީގެ ދަތިތަކާއި އައްޑޫސިޓީގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި ދަނޑު ގޮވާންކުރުމަށް ރަޖިސްޓްރީ ވާ މީހުންނަށް އެއަވަށެއްގެ އޮތް ބިމުގެ ނިސްބަތަށް ބަލައި ދަނޑުބިން ދޫކުރުމަށާއި

ދަނޑުވެރިކަން ކުރުމަށްޓަކައި އައްޑުގައި ފަޅަށް ހުންނަ ގޯތިތަކުގެ ވެރިންނާއި ވެވޭ އެއްބަސްވުމެއްގެ ދަށުން އެފަދަ ގޯތިތައް ހޯދުމަށާއި އަދި މިހާރު ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށާއި އަލަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ މަތިން ކައުންސިލް އިން މުޑުވަކާއި ( ފާޓިލައިޒާ، ގަސްކާނާ ،ބޭނުންވޭ ބައެއް ކަހަލަ ބޭސް) ކައުންސިލާއި ގުޅިގެން އައްޑޫގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކުން ހޯދައިދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިސަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  މޭޔަރ ޢަބްދުﷲ ޞާދިޤް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/47

ތާރީޚް: 31 މާރޗް 2020