އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ކުލީ ބިންތަކުގެ ކުލި ފަސްކުރުމަށް ހުށަހަޅާ ފަރާތްތަކަށް 6 މަސް ދުވަހަށް ކުލި ފަސްކޮށްދިނުމާ ގުޅޭ

7 މޭއި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ އިން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކުރުމަށް ހުށަހަޅާ ފަރާތްތަކަށް 6 މަސް ދުވަހަށް ކުލި ފަސްކުރުމާއި އެއްބަސްވުންތަކުގެ މާއްދާތަކަށް ޢަމަލުކުރުން ފަސްކުރުމާއި މެދު ކައުންސިލުން ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީ އިން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް 6 މަސް ދުވަހަށް ކުލި ފަސްކޮށްދިނުމަށާއި އަދި މި މުއްދަތުގައި ކުލީބިންތަކުގެ އެއްބަސްވުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް ޢަމަލުކުރުން ފަސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިސަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  މޭޔަރ ޢަބްދުﷲ ޞާދިޤް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/51

ތާރީޚް: 7 މޭއި 2020