އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފެންވަދެ ގެއްލުން ލިބޭ ގޭ ތަކުގެ ތެރެއިން ގެ އުސްކުރަން ހުށަހަޅާ ފަރާތްތަކަށް ކައުންސިލުގެ ޚަރަދުގައި ވެލި ފޯރުކޮށްދިނުމާ ގުޅޭ

20 މޭއި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ އަށް ކުރާ ވިއްސާރާގައި ފެންވަދެ ގެއްލުން ލިބޭ ގޭ ތަކުގެ ތެރެއިން ގެ އުސްކުރަން ހުށަހަޅާ ފަރާތްތަކަށް ކައުންސިލުން ޚަރަދުގައި ވެލި ފޯރުކޮށްދިނުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ އަށް ކުރާ ވިއްސާރާގައި ފެންވަދެ ގެއްލުން ލިބޭ ގެތަކުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ކަންކަން ދިރާސާކުރުމަށްފަހު ގެއްލުން ލިބޭ ގެތަކުގެ ތެރެއިން ގެ އުސްކުރަން ހުށަހަޅާ ގެތަކަށް އަވަށު އޮފީސްތައް މެދުވެރިކޮށް ފަސް ދޫކުރުމަށާއި ފެން ބޮޑުވާ މައްސަލަ ދިރާފެން ބޭރުކުރުމަށް ކައުންސިލް އިން ޤާއިމްކޮށްފައިވާ ނިޒާމްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ހޮޅިތަކާއި ޖަންކްޝަންތައް ހޯދައި ޕަބްލިކް ވާރކް ސަރވިސް މެދުވެރިކޮށް މި މަސައްކަތް ކުރެވެން އޮތްތޯ ބަލައި ޕަބްލިކް ވާރކް ސަރވިސް އަށް ކުރެވޭ ނަމަ މި މަސައްކަތް ކުރުވައި އަދި ނުކުރެވޭ ނަމަ މި މަސައްކަތް ކުރެވޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިސަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/53

ތާރީޚް: 20 މޭއި 2020