އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. ފޭދޫ އަބުހަރު އިދްރީސް ޤާސިމް މަރަދޫފޭދޫ ސަހަރާގައި ޢިމާރާތްކޮށް ކައުންސިލާއި ޙަވާލުކޮށްފައިވާ ހިނަވާގެއާ ގުޅޭ

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ. ފޭދޫ އަބުހަރު އިދްރީސް ޤާސިމް މަރަދޫފޭދޫ ސަހަރާގައި ޢިމާރާތްކޮށް ކައުންސިލާއި ޙަވާލުކޮށްފައިވާ ހިނަވާގެ ޢާއްމުންގެ ބޭނުމަށް ދޫކުރުމުގައި ހަރުދަނާ އުޞޫލުތަކެއް ހަމަގައްސަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ އުޞޫލު ތައްޔާރު ކުރުމުގެ ކުރިން މަރަދޫ ފޭދޫ އަވަށު އޮފީސް އަދި އެދާއިރާގެ ކައުންސިލަރގެ ބަސް ހޯއްދަވައި އުޞޫލުގައި ހިމަނުއްވަން ޖެހޭ މުހިއްމު ކަންކަން ފާހަގަކޮށް މައްސަލަ ޤަވާޢިދުކޮމިޓީއަށް ފޮނުވުމަށާއި، ޤަވާޢިދު ކޮމިޓީގެ މަސައްކަތުގެ މަރުޙަލާ ނިމުމުން އުޞޫލު ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/54

ތާރީޚް: 19 އެޕްރީލް 2018