އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިވަން ޗެމްޕިއަންޝިޕް 2018 މުބާރާތުގައި ހިތަދޫ ފުޓްބޯޅަކްލަބަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމާ ގުޅޭ

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިވަން ޗެމްޕިއަންޝިޕް 2018 މުބާރާތުގައި ޒޯން 8 ގެ ޗެމްޕިއަންގެ ހައިސިއްޔަތުން ޒޯން ތަމްސީލު ކުރުމަށް ހިތަދޫ ފުޓްބޯޅަކްލަބަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމާއި، އެފް.އޭ.އެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އައްޑުއަށް ރީތިނަން ހޯދައިދިނުމުގެ މަޤްޞަދުގައި ހިތަދޫ ފުޓްބޯޅަކުލަބުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަމަށް ބަލައި ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް ނަމްބަރު: 228999 އެހެނިހެން ގޮތްގޮތުން ދޭ އެހީގެ ފައިސާގެ ތެރެއިން 30000.00ރުފިޔާ (ތިރީސްހާސް ރުފިޔާ) ގެ އެހީ ހިތަދޫ ފުޓްބޯޅަ ކްލަބަށް ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/62

ތާރީޚް: 19 އެޕްރީލް 2018