އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖަރުމަނުގައި ބާއްވާ މިޔުޒިކް ޝޯ އަކަށް ބްލެކްޕާރލް ބޭންޑަށް ފުރުޞަތު ލިބިފައިވާތީ، ކައުންސިލްގެ އެހީތެރިކަން ދިނުމާ ގުޅޭ

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޔުޒިކް ޝޯ އަކަށް ބްލެކްޕާރލް ބޭންޑަށް ފުރުޞަތު ލިބިފައިވާތީ، ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

 މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިއީ 2018މެއި މަހުގެ 22 – 29 އަށް ޖަރުމަނުގައި ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށާއި، އަދި އައްޑޫގެ ޒުވާނުންގެ އިސްނެންގެވުމުގެ މަތިން މި ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ޒުވާނުންނަށް ލިބިގެން ދިއުމަކީ ކައުންސިލް އެކަމާއި ނުހަނު އުފާކުރާކަމެއްކަމަށާއި، ޒުވާނުންނަށް ލިބޭ މިފަދަ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ކައުންސިލްގެ ބައިވެރިވުން ދިނުމަކީ މުހިއްމުކަމެއް ކަން ފާހަގަކޮށް، ބްލެކްޕާރލް ބޭންޑް ޖަރުމަނަށް ކުރަންޖެހޭ ދަތުރަށް ނަގަންޖެހޭ ވިސާ ނަގައި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 2018 އެޕްރީލް 28 ވަނަ ދުވަސް ކަމުގައިވާތީ، މިކަމުގައި ކައުންސިލްގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 15420.00ރުފިޔާ (ފަނަރަހާސް ހަތަރުސަތޭކަވިހި ރުފިޔާ ) ޚަރަދު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/63

ތާރީޚް: 19 އެޕްރީލް 2018