އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އަވަށްތަކުގައި ކައުންސިލް އިން އަޅާފައިވާ ސްވިމިންގ ޕްލެޓްފޯރމްތައް ސާފުކުރުން

19 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ އަވަށް ތަކުގައި ކައުންސިލް އިން އަޅާފައިވާ ސްވިމިންގ ޕްލެޓް ފޯރމްތައް ސާފުކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ފައިޞަލް އިބްރާހީމް        

ނިންމުން

މައްސަލަ ނިމުނުގޮތް:

 މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ކައުންސިލުން ބޮޑު ޚަރަދެއް ކޮށްގެން އައްޑޫގެ 3 ސަރަޙައްދެއްގައި އަޅާފައިވާ ސްވިމިންގ ޓްރެކްތަކަކީ އައްޑޫގެ ގިނަ ރައްޔިތުން އަދި ވަކިން ޚާއްޞަކޮށް ސްކޫލްތަކުގެ ދަރިވަރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެކިގޮތްގޮތުން ބޭނުން ކުރަމުން އަންނަ ޓްރެކްތަކެއް ކަމަށާއި، މިޓްރެކް އެޅިފަހުން 2 އަހަރު ފާއިތުވެ ދަޔައިރުވެސް ރައްޔިތުން ބޭނުންކުރަމުން އަންނަ މިފަދަ މުހިއްމު ޓްރެކް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ދައުލަތުގެ ކަމާއި ގުޅޭ މުއައްސަސާތަކުގެ އެއްބާރުލުން ލިބިފައި ނުވާކަމަށާއި، މިޓްރެކް ބެލެހެއްޓުމަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މެންޑޭޓްގައި ހިމެނޭކަމެއްކަން ފާހަގަކޮށް، މިސްވިމިންގ ޕްލެޓްފޯމުގައި ގާފަޅާ، ފެހިޖަހާ ވަރަށްބޮޑަށް ހަޑިވެ އަދި މިޕްލެޓްފޯމް ހަރުކުރުމަށް ޖަހާފައިވާ ބޯލްޓްތައް ނެއްޓިފައިވުމާއި، މި ޕްލެޓްފޯމް ބޭނުންކުރަމުންއަންނަ ފަރާތްތަކަށް، ތަފާތު އެކިވަރުގެ ޒަޚަމްތައް ލިބެމުންދިއުމާއި ގުޅިގެން ރައްޔިތުންގެ ގިނަ ޝަކުވާތައް ހުށަހަޅަމުންދާތީ،

މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ކައުންސިލްގެ އާމްދަނީ ބަޖެޓްގެ މަރާމާތު ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑު ނަމްބަރު: 226008 އިން 45000.00ރުފިޔާ (ސާޅިސްފަސްހާސް ރުފިޔާ) (ހިތަދޫ އަވަށުގައި އަޅާފައިވާ ސްވިމިންގ ޕްލެޓްފޯމް މަރާމާތު ކުރުމަށް 25000.00ރުފިޔާ، ހަންކެޑެ ސަރަހައްދުގައި އަޅާފައިވާ ސްވިމިންގ ޕްލެޓްފޯމް މަރާމާތު ކުރުމަށް 15000.00ރުފިޔާ، ހުޅުދޫ އަދި މީދޫ އަވަށުގައި އަޅާފައިވާ ސްވިމިންގ ޕްލެޓްފޯމް މަރާމާތު ކުރުމަށް 5000.00ރުފިޔާ) ޚަރަދު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/64

ތާރީޚް: 19 އެޕްރީލް 2018