އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ ގުދަނުގައި ހުރި ތަކެތި ނީލަން ކިޔުމުގެ މައްސަލަ

24 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ އިދާރާގެ ގުދަނުގައި ހުރި ތަކެތި ނީލަން ކިޔުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލްގެ އިދާރާގެ ގުދަނުގައި ހުރި ތަކެތި ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ތިރީގައި ބަޔާން ކުރެވިފައިވާ 03 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. އަލްފާޟިލް އިބްރާހީމް ޒުހިރީ ، އެސިސްޓެންޓް ޑިރެކްޓަރ

2- އަލްފަޟިލާ މަރްޔަމް އަޒްލީމާ، ކޮމްޕިއުޓަރ ޓެކްނީޝަން

3- އަލްފާޟިލް އިބްރާހީމް ޝަފީޤް، އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ތާއީދު ކުރެއްވީ: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/273

ތާރީޚް: 24 ސެޕްޓެމްބަރ 2019