އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އަހަރީ ޗުއްޓީގެ ތެރެއިން 1 ދުވަސް، ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ

3 އޮކްޓޯބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އަހަރީ ޗުއްޓީގެ ތެރެއިން 1 ދުވަސް، 06 އޮކްޓޯބަރ 2019 ގައި ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް    

ނިންމުން

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މޭޔަރ ޢަބްދުﷲ ޞާދިޤް 29 ސެޕްޓެމްބަރ 2019 އިން 09 އޮގަސްޓް 2019 އިން ރަސްމީ ދަތުރެއްގައި ހުންނެވުމާއި ގުޅިގެން އޮފީސް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ކަމަށްވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 122ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފްގެ ޗުއްޓީ ހަމަޖެއްސުމަށް ފެންނަކަމަށާއި، ޗުއްޓީގެ މުއްދަތުގައި އޮފީސް ހިންގުމުގެ މަސްއޫލިއްޔަތާއި ޒިންމާ ކައުންސިލަރ އިބްރާހީމް ޝުކުރީއާއި ޙަވާލުކުރުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޙިޔާޟް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/276

ތާރީޚް: 3 އޮކްޓޯބަރ 2019