އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މާމާ ކާފަ ޕާރކެއް ހަދަން ބިންހޯދުމަށް ޖަމިއްޔާއަކުން ހުށަހަޅާފައިވާ މައްސަލަ

19 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މާމާ ކާފަ ޕާރކެއް ހަދަން ބިންހޯދުމަށް ޖަމިއްޔާއަކުން ހުށަހަޅާފައިވާ މައްސަލަ

 

މައްސަލަ ހުށަހެޅި ފަރާތް:   މޭޔަރ އަބްދުﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މާމާ ކާފަ ޕާރކެއް ތަރައްޤީކުރުމަށް ފޭދޫ ނަސްރު މިސްކިތުގެ ދެކުނުން ފެށިގެން ގަމުގެ ސަންސެޓް ބްރިޖް އާއި ދެމެދުގައިވާ ސަރަހައްދުން 3،500 އަކަފޫޓްގެ ބިން ހަމަޖެއްސެވެން އޮތްނަމަ ހަމަޖައްސަވައި އެލް.ޖީ.އޭ އިން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ފޭދޫގައި މާމާ ކާފަ ޕާރކެއް ތަރައްޤީކުރުމަށް އެފަރާތާއި މި ބިން ހަވާލުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހިމް 

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް
ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2020/73

ތާރީޚް: 19 އޯގަސްޓް 2020