އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ ނަލަފެހި ޖަމިއްޔާއިން ތަރައްޤީކޮށްފައިވާ މައިދާނުގެ ނުނިމިހުރި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިކަން ދެއްވުމަށް

19 އޯގަސްޓް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ ނަލަފެހި ޖަމިއްޔާއިން އެއަވަށުގެ މަޖުދުއްދީން މަގު އިރުމަތީކޮޅު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ މައިދާނުގެ ނުނިމިހުރި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިކަން ދެއްވުމަށް

 

މައްސަލަ ހުށަހެޅި ފަރާތް:   ސޯޝަލް ސަރވިސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މީދޫ ނަލަފެހި ޖަމިއްޔާއިން އެއަވަށުގެ މަޖުދުއްދީން މަގު އިރުމަތީކޮޅު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ މައިދާނުގެ ނުނިމިހުރި މަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ހުށަހަޅާފައިވާ މައްސަލާގައި މީދޫ އަވަށު އޮފީސް މެދުވެރިކޮށް ދެވެން އޮތް އެހީއެއް ވެދެއްވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ޙިޔާޟް 

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/75

ތާރީޚް: 19 އޯގަސްޓް 2020