އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ބީޗް އަދި މަރަދޫ އަވަށުގެ ޓުއަރިޒަމް ޒޯންގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ފަރާތަކާއި ޙަވާލު ކުރެވިފައި ނުވުމާ ގުޅޭ

16 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ހުޅުދޫ ބީޗް އަދި މަރަދޫ އަވަށުގެ ޓުއަރިޒަމް ޒޯންގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ފަރާތަކާއި ޙަވާލު ކުރެވިފައި ނުވާތީ، ސިންގަލްސޯސް ޕްރޮކިއުމެންޓް އުޞޫލުގެ ދަށުން ފަރާތަކާއި މަސައްކަތް ޙަވާލު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިއިދާރާގެ ނަމްބަރު (AGR)426-AA/PRIVE/2020/08 އެއްބަސްވުމުން ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށުގެ ބީޗް ތަކުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޮމްނި ސޮލިއުޝަން އާއި އެކު އެގްރިމެންޓް ހެދި އެ މަސައްކަތް މިވަގުތު ކުރިއަށް ދާކަން ފާހަގަކޮށް، އައްޑޫސިޓީގެ ހުޅުދޫބީޗް ، އަދި މަރަދޫ ޓުއަރިޒަމް ޒޯންގެ އީއައި.އޭ ހެދުމުގެ މަސައްކަތް ކުރުމަށް މިދަނޑިވަޅުގައި ( ކޮވިޑްގެ19ގެ ޙާލަތާއި ގުޅިގެން) މާލެއިން ނުވަތަ އެހެން ސަރަހައްދަކުން އައްޑުއަށް ދަތުރުކުރުމަކީ ދަތިކަމަކަށް ވާތީ،  ހުޅުދޫ އަދި މަރަދޫ އަވަށުގެ ބީޗްތަކުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ސިންގަލްސޯސް ޕްރޮކިއުމެންޓް އުޞޫލުން އޮމްނި ސޮލިއުޝަންއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ޤަނޫނީ ލަފާ ލިބިފައިވުމާއި،

 

ހުޅުދޫ އަދި މަރަދޫއަވަށުގެ ބީޗްތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އޮމްނި ސޮލިއުޝަން އިން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ ރަނގަޅު އަގެއްކަމަށް ފެނި، އެފަރާތާއި މަސައްކަތް ޙަވާލުކުރުން ރަނގަޅުކަމަށް ބިޑްކޮމިޓީން ނިންމާފައިވާތީއާއި، މަރަދޫގެ ޓުއަރިޒަމް ޒޯން ލޭންޑް ސްކޭޕިންގ މަސައްކަތް ފަރާތަކާއި ހަވާލުކުރެވިފައިވުމާއި، ހުޅުދޫއަވަށު ބީޗްގެ މަސައްކަތް އަވަހަށް ފަށަން ބޭނުންވެގެން ހުޅުދޫ އަވަށު އޮފީހުން އެދެމުން އަންނާތީ،

 

އިސްވެ ބަޔާން ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން  ސިންގަލްސޯސް ޕްރޮކިއުމެންޓް އުޞޫލުން އައްޑޫސިޓީގެ މަރަދޫ ޓުއަރިޒަމް ޒޯން އަދި ހުޅުދޫގެ ބީޗް ޑިޒައިން ކުރުމާއި އީ.އައި.އޭ ހެދުމުގެ މަސައްކަތް ބިޑްކޮމިޓީން ނިންމާފައިވާ ގޮތަށް އޮމްނި ސޮލިއުޝަންއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަލީ ފަހުމީ އަހްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/88

ތާރީޚް: 16 ސެޕްޓެމްބަރ 2020