މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހިތަދޫ ދެކުނު ދާއިރާގެ ކުދުކުދިންގެ ޕާކުގައި މިވަގުތު ހަލާކުވެފައިހުރި ސާމާނުތައް މަރާމާތުކުރުމާއި މާކިޅި ފިނި މައިޒާން ސަރަޙައްދުގައި ވެއްޓިފައި އޮތް ބެންޗް ނަގައި މަރާމާތުކޮށް ބެހެއްޓުމާއި މާކިޅިސަރަޙައްދުގައި ފިފާ މެދުން ބުރިކޮށް އެސައިޒުގެ 4 ޑަސްބިން ބެހެއްޓުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް ހިތަދޫ ދެކުނު ދާއިރާގެ ކުދުކުދިންގެ ޕާކުގައި މިވަގުތު ހަލާކުވެފައިހުރި ސާމާނުތައް މަރާމާތުކުރުމާއި، މާކިޅި ފިނިމައިޒާން ސަރަޙައްދުގައި ވެއްޓިފައި އޮތް ބެންޗް ނަގައި މަރާމާތުކޮށް ބެހެއްޓުމާއި މާކިޅިސަރަޙައްދުގައި ފިފާ މެދުން ބުރިކޮށް އެސައިޒުގެ 4 ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށާއި، އަދި މިމަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން މަރާމާތުކުރުމުގެ މަސައްކަތަށް މަރާމާތުޓީމް ނެގުމުގެ މަސައްކަތް ނިމުމުން،މަރާމާތުޓީމް ލައްވައި މަރާމާތު މަސައްކަތް ކުރުވަ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން މިކަމަށް ޚަރަދުކޮށް މިމަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށާއި، ދެން ހުރި ޚަރަދު ކައުންސިލްގެ އިދާރީ ބަޖެޓްގެ ތެރެއިން ކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ:01 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހިތަދޫ ދެކުނު ދާއިރާގެ ކުދުކުދިންގެ ޕާކުގައި މިވަގުތު ހަލާކުވެފައިހުރި ސާމާނުތައް މަރާމާތުކުރުމާއި އެހެނިހެން މަރާމާތު