މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މިއިދާރާގެ 426-AA/PRIV/2020/43 ނަންބަރ އެގްރިމެންޓުން މެކޯ ފްރައިވެޓް ލިމިޓެޑާއެކު ގޭދޮށު މަސްފެކްޓަރީ އެޅުމަށް ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ބިންދައްކާފައި ނުވާތީ، ހުށަހަޅާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް:
މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިއިދާރާގެ ނަންބަރ 426-AA/PRIV/2020/43 އެގްރިމެންޓުން މެކޯ ފްރައިވެޓް ލިމިޓެޑާއެކު ހުޅުދޫ މީދޫ ގޭދޮށު މަސްފެކްޓަރީ އެޅުމަށް ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް މެކޯ ފްރައިވެޓް ލިމިޓެޑަށް ބިންދައްކާފައި ނުވާ މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ހުޅުދޫމީދޫ ގޭދޮށު މަސްފެކްޓަރީ އެޅުމަށްޓަކައި މައުލޫމާތު ދެވުނު ޗާޓުގައި ހިމެނޭ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ނިމިފައިވާނަމަ އެނިންމުން ބާތިލްކޮށް، ހުޅުދޫމީދޫ ގޭދޮށު މަސްފެކްޓަރީ އެޅުމަށްޓަކައި މަޢުލޫމާތު ދެވުނު ޗާޓުގައި ފާހަގަކޮށްފައިވާ 59,969 އަކަފޫޓުގެ ބިން މެކޯ ފްރައިވެޓް ލިމިޓެޑަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާޙިމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 02 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މެކޯ ފްރައިވެޓް ލިމިޓެޑާއެކު ގޭދޮށު މަސްފެކްޓަރީ އެޅުމަށް ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ބިންދައްކާފައި ނުވާތީ، ހުށަހަޅާ މައްސަލަ