އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ހިތަދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން

6 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ހިތަދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.   

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ހިތަދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓް ތަކުގެ ތެރެއިން ޙަވާލު ނުކުރެވި ހުރި 2 ޢިމާރާތަށް ( 15، އަދި 16 ނަމްބަރު ފްލެޓް) 14 ޖޫން 2020 ވަނަ ދުވަހުގެރޭ ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފާހަގަކޮށް، މި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިވަގުތު ކުރަންޖެހޭ މުހިއްމު ކަމެއްކަމެއް ޤަބޫލުކުރެވޭތީ، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިސްވެ ބަޔާން ކުރެވިފައިވާ 2 ފްލެޓް( ފްލެޓް ނަމްބަރު 15، އަދި 16) ގެ ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމް ޤަވާޢިދާއި އެއްގޮތަށް ހަމަޖެއްސުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

  ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/106

ތާރީޚް: 6 އޮކްޓޯބަރ 2020