އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި މުނިސިޕަލް ސާރވިސް ޑިވިޝަނެއް ޤާއިމުކުރުމާއި ގުޅޭ

15 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި މުނިސިޕަލް ސާރވިސް ޑިވިޝަނެއް ޤާއިމުކޮށް އެޑިވިޝަނުގައި މަސައްކަތް ކުރުމަށް ބޭނުންވާ މަޤާމްތައް އުފައްދައި މަޤާމްތަކުގައި ވަޒީފާ އަދާ ކުރާނެ މުވައްޒަފުން ނެގުމުގައި ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ޕަބްލިކް ވޯރކްސް އިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތަކީ މުހިއްމު ބޭނުންތެރި ޚިދުމަތެއް ކަމަށާއި، މިހާރު އައްޑޫ ޕަބްލިކް ވޯރކްސްގެ މަސައްކަތް ރޭވިފައިވާ ގޮތުން ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވަމުންދާތީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމުގެ ގޮތުން އައްޑޫސިޓީގައި މުނިސިޕަލް ސަރވިސް ޑިވިޝަނެއް ޤާއިމުކޮށް، އެޑިވިޝަންގައި މަސައްކަތް ކުރުމަށް ބޭނުންވާ މަޤާމްތައް އުފައްދައި، ކޮންޓްރެކްޓް އުޞޫލުން މަޤާމްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ފެންނަކަމަށާއި، މިގޮތުން ހިތަދޫ މުނިސިޕަލް ސާރވިސް ޑިވިޝަނަށް 40 މަޤާމް، އަދި ހުޅުދޫ މީދޫ މުނިސިޕަލް ސާރވިސް ޑިވިޝަނަށް 15 މަޤާމް އުފައްދައި އެމަޤާމްތަކަށް މުވައްޒަފުން ނޭގޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މަޤާމުގެ މުސާރައާއި އެލަވަންސް ހަމަޖެއްސުމުގައި މިނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ގޮތަށް ކައުންސިލްގެ ބަޖެޓްގެ ތެރެއިން މަހުން މަހަށް ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށާއި، މަޤާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި ޤަވާޢިދާއި އެއްގޮތަށް މަސައްކަތް ކުރުމުން ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އިތުރު ގަޑިއާއި ބަންދު ދުވަސްތަކުގެ އެލަވަންސް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/111

ތާރީޚް: 15 އޮކްޓޯބަރ 2020