އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް އުޞޫލުން ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އައު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

21 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނަމްބަރު 426-B (3)/2019/212 ނިންމުމުމާއި ގުޅިގެން ކޮންޓްރެކްޓް އުޞޫލުން ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އައު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު. ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ ނަމްބަރު: 426-B (3)/2019/212 ނިންމުމުމާއި ގުޅިގެން ކޮންޓްރެކްޓް އުޞޫލުން ނެގިފައިވާ 05މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އޮކްޓޯބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަން ފާހަގަކޮށް، އެ ނިންމުމުގައި ބަޔާން ކުރެވިފައިވާ  05 މަޤާމުގައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު  31 ޑިސެމްބަރު 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 06   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/117

ތާރީޚް: 21 އޮކްޓޯބަރ 2020