މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އިތުރު ހިދުމަތްތައް ޤާއިމު ކޮށްދިނުމަށް ޝައުޤު ވެރިކަން ތިބި ފަރާތްތަކަށް މާކިޅީގެ ހުޅަނގު ދެކުނު ކަންމަތީގައި އައްސޭރި މަގާއި، ކަނބިހާ މަގު ގުޅުނު ހިސާބުން ކުލީބިން ދޫކުރުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ރައްޔަތުންގެ އިތުރަށް ލާމުން ފެށިގެން ދެކުނަށް ހުރި އަތޮޅުތަކުގެ ރައްޔިތުން ހިދުމަތް ހޯދަން އަންނަ އައްޑު އެކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި، ތަފާތު އިތުރު ހިދުމަތް ތަކެއް ޤާއިމުވާންޖެހޭ ކަމަށް ގިނަ ބަޔަކު ދެކޭތީއާއި، ހެޔޮ އަގެއްގައި ހޮސްޕިޓަލާއި ކައިރިން ރައްޔިތުންނަށް ބޭނުންވާ ތަފާތު ޚިދުމަތް ލިބޭނެގޮތަށް އިންތިޒާމް ހަމަޖެހިފައި ހުރުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީއާއި، ހިތަދޫ ޓޫރިޒަމް ޒޯންވެސް މިދިމާލުގައި އޮތުމުން ހިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރުވެ ރައްޔަތުންނަށް އެކަށީގެންވާ މިންވަރަށް މިސަރަހައްދުގައި ވަސީލަތްތަށް ހުންނަށް ޖެހޭނެ ކަމަށް ޤަބޫލު ކުރެވޭތީ، ކަނބިހާމަގާއި އައްސޭރި މަގު ގުޅުނު ކަންމަތިން 10،000 އަކަ ފޫޓުގެ 3 ބިމާއި، 5 ހާސް އަކަ ފޫޓުގެ 1ބިން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤަވާޢިދާއި އެއްގޮތަށް ކުރަން ޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އޭ.އީ.އެޗް އަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އިތުރު ހިދުމަތްތައް ޤާއިމު ކޮށްދިނުމަށް ކުލީބިން ދޫކުރުން