އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ އަވަށްތަކުގެ ލޭންޑް ސުކޭޕިންގ އަށް ބޭނުންވާ ގަސް ތައް ހެއްދުމަށް ނާރސަރީ ހެދުމާއި، ނާރސަރީ އަށް މުވައްޒަފުން ހޯދުން

19 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގެ އަވަށްތަކުގެ ލޭންޑް ސުކޭޕިންގ އަށް ބޭނުންވާ ގަސް ތައް ހެއްދުމަށް ނާރސަރީ ހެދުމާއި، ނާރސަރީ އަށް މުވައްޒަފުން ހޯދުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީމޭޔަރ ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  އައްޑޫސިޓީގެ މަގުތައް ހެދެމުން ދާއިރު މަގުތަކުގައި ގަސް އިންދުމަށް ޑިޒައިން ކުރެވިފައިވާތީއާއި، ޑިޒައިނާއި އެއްގޮތަށް އައްޑޫގެ އާއްމު މައިދާން ތަކާއި، ޕާރކުތަކާއި މައިޒާންފަދަ ތަންތަނުގައި  ޖެހުމަށް ބޭނުންވާ ހިޔައު ދޭ ގަސް ތަކާއި މާ ފޮޅޭ ގަސްތައް ހައްދަން ޖެހިފައި ވުމާއި، އަދި އެކަށީގެންވާ ރަނގަޅު ފެންވަރުގައި ގަސް އިންދާ ހައްދާ ބެލެހެއްޓުމަށް އައްޑޫސިޓީގައި 2 ނާރސަރީ (ހިތަދޫ އަވަށުގައި 01 ނާރސަރީ އަދި  މީދޫ އަވަށުގައި 01ނާރސަރީ) ގާއިމުކޮށް، ކައުންސިލްގެ ބަޖެޓުގައި ނާރސަރީ ހެދުމަށް ކަނޑައެޅިފައި ހުރި ބަޖެޓް ކޯޑުން ނާރސަރީ ހިންގުމަށް ކުރަންޖެހޭ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، ނަރސަރީ ހިންގުމުގެ ކަންކަން ތިރީގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި  ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

  1. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ގެ ކުރިމަތީގައި އޮންނަ ހުސްބިމުން ކޯޓް އެޅުމަށް ދެވިފައިވާ ބިމުގެ ހުޅަނގަށް އޮތް ބިން ހަމަ ޖައްސައި އެބިމުގައި ހިތަދޫ އަވަށުގައި ޤާއިމުކުރެވޭ ނާރސަރީ ހެދުން.
  2.  ނާރސަރީގައި މަސައްކަތް ކުރުމަށް ޤަވާޢިދާއި އެއްގޮތަށް ކޮންޓްރެކްޓް އުޞޫލުން 4 މަސައްކަތު މަޤާމް އުފައްދައި މިމަޤާމު ތަކުގެ ޝަރުޠަކީ މުނިސިޕަލް ސަރވިސް ޑިވިޝަނަށް ކައުންސިލުން އުފައްދާފައި ހުރި  ކޮންޓްރެކްޓް މަސައްކަތު މަޤާމުގެ ޝަރުޠު ކަމުގައި ކަނޑައެޅުމަށާއި، އަދި މިމަޤާމް ތަކުގެ ތެރެއިން 3 މަސައްކަތު މަޤާމަކީ ހިތަދޫ އަވަށު ގައި ޤާއިމު ކުރެވޭ ނަރސަރީގައި މަސައްކަތް ކުރުމަށް އުފައްދާ 3 މަޤާމު ކަމުގައި ހަމަޖައްސައި، 01 މަސައްކަތު މަޤާމަކީ މީދޫ އަވަށުގައި ޤާއިމު ކުރެވޭ ނާރސަރީގައި މަސައްކަތް ކުރުމަށް އުފައްދާ މަޤާމެއް ކަމުގައި ހަމަޖެއްސުން . 

 

 

  1.  ނާރސަރީތަކުގެ މަސައްކަތް ހިންގާ ބެލެހެއްޓުމަކީ އަވަށު އޮފީސްތަކުގެ މުނިސިޕަލް ސަރވިސްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތެއްކަމަށް ހަމަޖައްސައި، އަވަށު އޮފީހުގެ މުނިސިޕަލްސަރވިސް ޓީމްގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން ނާރސަރީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/136

ތާރީޚް: 19 ނޮވެމްބަރ 2020