އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތަށް ބަދަލުގެނައުން

17 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތަށް ބަދަލުގެނައުން.

މައްސަލަ ހުށަހެޅި ފަރާތް:  ބިޑްކޮމިޓީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ފޭދޫ ފުޓްބޯޅަދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި، ދަނޑުގެ ޕިޗާއި، ފެންސާއި ދެމެދު ޖާގަ ކުޑަކަން ފާހަގަ ކުރެވޭތީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މަޝްވަރާ ކުރެވިފައިވާ ގޮތުގެ މަތިން މަސައްކަތަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް، ބިޑް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތަށް "ހައިޑްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްގެން ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/151

ތާރީޚް: 17 ޑިސެމްބަރ 2020