އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުގައި ޕްރީ ސްކޫލެއް ހިންގުމަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ

24 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށުގައި ޕްރީ ސްކޫލެއް ހިންގުމަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް:  ހުޅުދޫ އަވަށު އޮފީސް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ހުޅުދޫ އަވަށުގައި ޕްރީސްކޫލްގެ ޚިދުމަތް ދިނުމަށް ޢާއްމުފަރާތަކުން ކުރެވެމުންދާ މަސައްކަތަކީ ޖަމާޢަތަށް ފައިދާ ހުރި މުހިއްމު މަސައްކަތެއްކަމަށް ފާހަގަކުރެވޭތީ މިކަމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ، އެކިފަރާތްތަކުން ނަސްރިއްޔާ ޕްރީ ސްކޫލަށް ހަދިޔާކޮށްފައިވާ އިންވެންޓްރީގައި ހިމެނޭ ތަކެތި ޤަވާއިދާއި އެއްގޮތަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/154

ތާރީޚް: 24 ޑިސެމްބަރ 2020