އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫ މީދޫ ހެލްތް ސެންޓަރުގެ އެކްސްޓަންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ނިންމުމުގައި ކައުންސިލުން ގޮތެއް ނިންމުން

24 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ހުޅުދޫ މީދޫ ހެލްތް ސެންޓަރުގެ އެކްސްޓަންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ނިންމުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ބިޑްކޮމިޓީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ ހުޅުދޫ މީދޫ ހެލްތް ސެންޓަރުގެ އެކްސްޓަންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ބިޑް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތަށް  " ނޫރައްދީނު އިންވެސްޓްމަންޓް" އާއި ހަވާލުކޮށްގެން އައްޑޫސިޓީގެ ހުޅުދޫ މީދޫ ހެލްތް ސެންޓަރުގެ އެކްސްޓަންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/156

ތާރީޚް: 24 ޑިސެމްބަރ 2020