އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕީ.ޕީ.އީ ޕްރޮޑަކްޝަންގެ މަސައްކަތުގެ ފެކްޓަރީ ސެޓިން ހެދުމަށް ބޭނުންވާ ތަނެއް ހަމަޖައްސައިދިނުމުގެ މައްސަލަ

23 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޕީ.ޕީ.އީ ޕްރޮޑަކްޝަންގެ މަސައްކަތުގެ ފެކްޓަރީ ސެޓިން ހެދުމަށް ބޭނުންވާ ތަނެއް ހަމަޖައްސައިދިނުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕީ.ޕީ.އީ ޕްރޮޑަކްޝަންގެ މަސައްކަތުގެ ފެކްޓަރީ ސެޓިން ހެދުމަށް ބޭނުންވާ ތަނެއް ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ހުށަހަޅާ މައްސަލާގައި، މި ޕްރޮޖެކްޓަކީ އައްޑޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓެއްކަމާއި ޒުވާނުންގެ ތެރެއިން ހާއްސަ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މުޖުތަމަޢުގައި ފުރައްސާރައިގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި އަދި ރިހަބިލިޓޭޝަން ބޭނުންވާ ފަރާތްތައް ހިމެނޭގޮތަށް ހިންގާ މުހިއްމު ޕްރޮޖެކްޓަކަށް ވާތީ ކައުންސިލްގެ 426-B(3)/2020/143 ނަންބަރ ނިންމުން ބާތިލްކޮށް، ޕީ.ޕީ.އީ ޕްރޮޑަކްޝަންގެ މަސައްކަތުގެ ފެކްޓަރީ ސެޓިން ހެދުމަށް ކުރިން އެޕޯލޯ ހޯލްޑިންގް ޕްރައިވެޓް ލިމިޑެޓް އިން ބޭނުންކުރި އިމާރާތާއި ބިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އަށް ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/40

ތާރީޚް: 23 ފެބުރުއަރީ 2021