އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްކޫލް އެކްޓިވިޓީ ކަލަންޑަރު 2018 ގައި ކައުންސިލުން ހިންގާނެ ޙަރަކާތް ކަނޑައަޅުން

14 ނޮވެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ހިންގުމަށް ކައުންސިލުން ހިންގާނެ ޙަރަކާތް ކަނޑައަޅުއްވަން އެކުލަވާލެވުނު ވަގުތީ ކޮމިޓީއިން ނިންމާފައިވާ ޙަރަކާތްތައް ސްކޫލް އެކްޓިވިޓީ ކަލަންޑަރު 2018 ގައި ހިމެނުން  

މައްސަލަ ހުށަހެޅި ފަރާތް: ވަގުތީ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

2018ވަނަ އަހަރު ސްކޫލް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމަށް ބޭނުންވާ ޙަރަކާތްތައް ކަނޑައެޅުމަށް 08 ނޮވެމްބަރު 2017 ވަނަ ދުވަހު ބޭއްވުނު ވަގުތީ ކޮމިޓީގެ ޔައުމިއްޔާގައި ފާހަގަކުރެވިފައިވާ ޙަރަކާތްތައް ސްކޫލް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމަށް ހުށަހެޅުމަށާއި، މީގެއިތުރަށް

ވަގުތީ ކޮމިޓީން ނިންމާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ފުރަތަމަ ޓާމް މިޑް ބްރޭކްގައި " ސްކޫލްފެސްޓިވަލް" ނަމުގައި ހިންގުމަށް ނިންމާފައިވާ ޙަރަކާތުގެ ތެރެއަށް، ލާމަރުކަޒީ ނިޒާމާއި، ޑިމޮކްރަސީގެ ޙާލަތާއި، ވެރިކަމުގެ ނިޒާމަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅޭގޮތުން ސްކޫލްތަކުގެ މެނޭޖްމަންޓަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިންގުމާއި އަދި،

އައްޑޫގެ ތިމާވެއްޓާއި ގުޅޭ ގޮތުން ސްކޫލްތަކުގެ ދަރިވަރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ހިންގުން، އިތުރުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/262

ތާރީޚް: 14 ނޮވެމްބަރ 2017