އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި ޝޮޕިންގ މޯލްއެއް އަޅަން ނިންމާފައިވާ ބިމުގައި އިންވެސްޓް ކުރުމަށް ސަނީ އެންޓަރ ޕްރައިސަސް އިން ހުށަހަޅާ މައްސަލަ

6 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ އަވަށުގައި ޝޮޕިންގ މޯލްއެއް އަޅަން ކައުންސިލުން ނިންމާފައިވާ ބިމުގައި އިންވެސްޓް ކުރުމަށް ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ސަނީ އެންޓަރ ޕްރައިސަސް އިން ހުށަހަޅާ މައްސަލަ 

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞަދިޤް   

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހިތަދޫ އަވަށުގައި ޝޮޕިންގ މޯލްއެއް އަޅަން ކައުންސިލުން ނިންމާފައިވާ ބިމުގައި އިންވެސްޓް ކުރުމަށް ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ސަނީ އެންޓަރ ޕްރައިސަސް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ މިފަދަ ކަމަކަށް އެކަށީގެންވާ ރަނގަޅު ޕްރޮޕޯސަލްއެއް ކަމަށް ފެންނާތީ، މިޕްރޮޕޯސަލްގައިވާ ކަންކަމަށް ބަލައި، އައްޑޫސިޓީ ގައި ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ތަރައްޤީ ކުރުމަށް ދައުލަތުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނަގައި ، އައްޑޫސިޓީގައި ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށާއި،

އަދި ސަނީ އެންޓަރ ޕްރައިސަސް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލް ގައި ހިމެނޭ ކަންކަމަށް ބަލާއިރު ،14 ބުރީގެ 3 ޓަވަރު ހިމެނޭ ގޮތަށް ޢިމާރާތެއް އެޅުމާއި، މިޢިމާރާތުގައި 2 ކޮޓަރި އަދި 3 ކޮޓަރި އެޕާރޓްމަންޓްތަކާއެކު ތަފާތު އެކިއެކި ވިޔަފާރީގެ ކަންކަމަށް ފުރުޞަތު ފަހިވާގޮތަށް މި ބިލްޑިންގ ގެ ކޮންސެޕްޓް ޑިޒައިންގ ކުރެވިފައިވާކަން ފާހަގަކުރެވޭ ކަމަށާއި، މި ކުރެހުމުގައި ސްވިމިންގޕޫލް އަދި ޕާރކިންގ އޭރިއާ ވެސް ހިމެނިފައިވާކަން ފާހަގަ ކުރެވޭތީ، ކައުންސިލްގެ ނަމްބަރު  426-B (3)/2020/119   ނިންމުމުން ޝޮޕިންގ މޯލްއެއް ޤާއިމު ކުރުމަށް ނިންމާފައިވާ ބިމުގައި، މިފަދަ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޙިޔާޟް      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/68

ތާރީޚް: 6 އެޕްރީލް 2021