އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

20 ޑިސެމްބަރ 2020     3 years ago


އިޢުލާން

އައްޑޫސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 21 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުން ފެށިގެން 27 ޑިސެމްބަރު 2020 ވާ އާދީއްތަ ދުވަހާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 30 ޑިސެމްބަރު 2020 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 21 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުން ފެށިގެން 28 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 28 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]  

05 ޖުމާދުލްޢޫލާ 1442

20 ޑިސެމްބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/410

ޕަބްލިޝް ކުރި ތާރީޚް: 20-12-2020

ސުންގަޑި: 2020-12-30 13:00:00