އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ ހިނގަމުން އަންނަނީ ސ. ހިތަދޫ މެދެއާރި މަގުގައި ހުންނަ ސިޓީހޯލް އިމާރާތުގައެވެ. މި އިދާރާގެ ކައުންޓަރ ހުންނާނީ އިމާރާތުގެ ތިރީބައިގައެވެ. އިދާރާ ހުޅުވިފައި ހުންނަނީ ހެނދުނު 8:00 ން ފެށިގެން މެންދުރު ފަހު 14:00 އަށެވެ. ތަކެތި ބަލައިގަންނަ ގަޑިއަކީ، ހެނދުނު 8:30ން ފެށިގެން މެންދުރު 14:00 އަށެވެ.

ކައުންސިލްގެ އިދާރާގެ އަވަށުއޮފީސްތައް: ހިތަދޫ އަވަށު އޮފީސް ހިންގަމުންދަނީ ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތުގެ އެންމެ ތިރީބައިގައެވެ. އެހެން އަވަށްތަކުގެ އަވަށު އޮފީސްތައް ހުންނަނީ އެ އަވަށެއްގައެވެ.

ކައުންސިލްގެ އިދާރީ ހިންގުން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހިންގަމުން ގެންދަނީ ކައުންސިލްގެ މޭޔަރާއި އަދި ކައުންސިލް މެމްބަރުންގެ ލަފާއާއި މަޝްވަރާ އެކުލެވިގެން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. މިދެންނެވި ނިންމުންތައް ނިންމަނީ ކައުންސިލްގެ އިދާރާގައި މިކަމަށް ހާއްސަކޮށްގެން ކޮންމެ ހަފްތާއެކު އެއްފަހަރު ބޭއްވޭ ރަސްމީ ބައްދަލުވުންތަކުންނެވެ. އަދި ނިންމުންތައް ނިންމަނީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އަދި ހާމަކަން ބޮޑުގޮތެއްގައި ކައުންސިލްގެ ހިންގުން ހިންގާ ޤަވާޢިދާއި އަދި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތައް އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޒުކޮށް، ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ މޭޔަރަށް ރިޕޯޓްކޮށް ޖަވާބުދާރީވެ އަދި ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުން ބަލަހައްޓަވަނީ މޭޔަރގެ ލަފާގެ މަތިން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި ކައުންސިލްގެ އިދާރާއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީވެސް ސިވިލްސަރވިސް ކޮމިޝަނުން އަންގާފައިވާ ގޮތުގެ މަތިން ސެކްރެޓަރީ ޖެނެރަލްއެވެ. މޭޔަރ، ޑެޕިއުޓީ މޭޔަރ، ކައުންސިލަރުން އަދި ސެކްރެޓެރީ ޖެނެރަލްގެ ކަންކަން ބަލަހައްޓަވާނީ ލާމަރުކަޒީ ޤާނޫނުގެ ދަށުންނެވެ.

ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޭޔަރ، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުންގެ މަސްއޫލިއްޔަތަކަށް ވެފައިވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ، އަދި ޖަވާބުދާރީވަނިވި އުޞޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށްދީ އިޤުތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އަދި ސަޤާފީ ގޮތުން، ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ސިޓީގެ އަވަށްތަކުގައި އަމާން ވެއްޓެއް ޤާއިމުކުރުމަށް މަސައްކަތްކުރުމެވެ.

މިއިދާރާގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ:

  • ނަން: ޢަމަލް ޒަކަރީއްޔާ
  • މަޤާމު: ޕަބްލިކް ރިލޭޝަންސް އޮފިސަރ
  • ހޮޓްލައިން: 7905003
  • ފޯން: 6885003
  • އީމެއިލް: [email protected]

މިއިދާރާގެ އިންފޮމޭޝަން އޮފިސަރަކީ:

  • ނަން: ސާޖިދާ ޒާހިރު
  • މަޤާމު: ލީގަލް އޮފިސަރ
  • ފޯން: 6885003
  • އީމެއިލް: [email protected]

މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީގޮތް

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޒަރިއްޔާއިން، މި އިދާރާގެ އިންފޮމޭޝަން އޮފިސަރަށެވެ.

މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ. އެހެންނަމަވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް މި އިދާރާއަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ފޯމު

މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މުރާޖަޢާ ކޮމިޓީއާބެހޭ މަޢުލޫމާތު

އޮނިގަނޑު

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑު އެކުލަވާލެވިފައިވަނީ މޭޔަރ އަދި ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދަށުން ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) އިދާރީ ހިންގުމުގެ އެންމެހާ ކަންކަން ބަލަހައްޓާ ގޮތަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހިމެނެނީ ދެ ޑިޕަރޓްމެންޓްއެވެ. އެއީ ކޯޕަރޭޓް އެންޑް ޓެކްނިކަލް ސަރވިސް ޑިޕަރޓްމެންޓްއާއި ފެސިލިޓީ ޑިޕަރޓްމެންޓްއެވެ.

ކޯޕަރޭޓް އެންޑް ޓެކްނިކަލް ސަރވިސް ޑިޕަރޓްމެންޓްގައި ހިމެނެނީ އެޑްމިން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަނާއި، ހިއުމަން ރިސޯސެސް އެންޑް ފައިނޭންސް މެނޭޖްމެންޓް ސެކްޝަނާއި، މީޑިއާ އެންޑް ބިއުރޯ ސެކްޝަނާއި، ޕްލޭނިންގ އެންޑް ކޮމްޕްލަޔަންސް ސެކްޝަނާއި، ސޯޝަލް، އެންވަޔަރަމެންޓް އެންޑް ހައުސިންގ ސެކްޝަންގެ އިތުރުން ޑިވެލޮޕްމެންޓް ސަރވިސް ސެކްޝަނެވެ. ފެސިލިޓީ ޑިޕަރޓްމެންޓްގައި ހިމެނެނީ ހިތަދޫ އަވަށު އޮފީހާއި، މަރަދޫ އަވަށު އޮފީހާއި، މަރަދޫފޭދޫ އަވަށު އޮފީހާއި، ފޭދޫ އަވަށު އޮފީހާއި، ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑު ފާސްކޮށްދެއްވާފައިވާ ގޮތް