އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ހިތަދޫ އަދި މަރަދޫ އަވަށުގައި މަސްކަނޑާނެ ތަނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

4 ޖެނުއަރީ 2021     3 months ago


އިޢުލާން

އައްޑޫ ސިޓީގެ ހިތަދޫ އަދި މަރަދޫ އަވަށުގައި މަސްކަނޑާނެ ތަނެއް ހެދުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 03 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 10 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 11 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 03 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]  

 17 ޖުމާދުލްއޫލަ 1442

  31 ޑިސެމްބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/422

ޕަބްލިޝް ކުރި ތާރީޚް: 04-01-2021

ސުންގަޑި: 2021-01-14 11:00:00