އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް19 ގެ ޙާލަތާއިގުޅިގެން ރާއްޖެއިން ބޭރުން ދިވެހި ސަރުކާރަށް ލިބިފައިވާ ހިލޭ އެހީގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ގެތަކަށް މާސްކު ބެހުން

4 ޖެނުއަރީ 2021     3 years ago


އިޢުލާން

މި އޮފީހުގެ ނަންބަރު (IUL)426-2A/426/2020/385 އާއި ގުޅޭ:

ކޮވިޑް19 ގެ ޙާލަތާއިގުޅިގެން ރާއްޖެއިން ބޭރުން (ތެމަސެކް ފައުންޑޭޝަން، ސިންގަޕޯރ)، ދިވެހި ސަރުކާރަށް ލިބިފައިވާ ހިލޭއެހީގެ ތެރެއިން އައްޑޫސިޓީ ހިތަދޫ އަވަށުގެ ގެތަކަށް ބެހުމަށް ލިބިފައިވާ މާސްކު، އިއުލާން ކޮށްގެން މުއްދަތު ފާއިތުވީއިރުވެސް ގިނަ އަދަދެއްގެ މާސްކާއި ހަވާލު ނުވެ ހުރުމާއި ގުޅިގެން މި މާސްކްތައް ބެހުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މާސްކް ދޫކުރުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2021 (ބުރާސްފަތި) ގެ ނިޔަލައް ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން 12:00 އަށް ހިތަދޫ އަވަށު އޮފީހުންނެވެ. އަދި މި މުއްދަތުގެ ފަހުން ހަވާލުނުވާ މާސްކުތައް އާންމުންނަށް ބަހާލެވޭނެ  ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ގަޑިތަކުގައި މާސްކާއި ހަވާލުވުމަށް އައިޑީ ކާޑު ހިއްޕަވައިގެން ހިތަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.  

20 ޖުމާދަލްއޫލާ 1442

04 ޖަނަވަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2021/3

ޕަބްލިޝް ކުރި ތާރީޚް: 04-01-2021

ސުންގަޑި: 2021-01-14 12:00:00