އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2021 ވަނަ އަހަރު ހިންގަން ހުރި ކޯސް ތަކުގެ ތެރެއިން "ޖަނާއިޒް ކޯސް" ބޭއްވުމަށް ބައިވެރިން ހޯދުމަށް
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގައި 30 ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ޖަނާއިޒް ކޯހެއް 17 ޖެނުއަރީ 2021 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައެވެ. އެގޮތުން، ހުޅުދޫ، މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ މި 3 އަވަށަށް 1 ކްލާސް، އަދި ހިތަދޫ އަވަށަށް 1 ކްލާސް ބާއްވާގޮތަށެވެ. މި ކޯހަކީ މުޅިން ހިލޭ ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް:
ހިތަދޫ
ދުވަސް: ހޮނިހިރު، ހޯމަ، ބުދަ
ގަޑި: 20:00 – 22:00
ފޭދޫ
ދުވަސް: އާދީއްތަ، އަންގާރަ، ބުރާސްފަތި
ގަޑި: 20:00 – 22:00
ހުޅުދޫ-މީދޫ
ދުވަސް: ހޮނިހިރު، ހޯމަ، ބުދަ
ގަޑި: 20:00 – 22:00
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން 7896014 އަށް ގުޅުއްވާ ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މި ކޯހުގައި ބައިވެރިވުމަށް ކުރިން ނަން ނޯޓް ކޮށްފައިވާ ބޭފުޅުންވެސް އަލުން ނަން ނޯޓް ކުރެއްވުން އެދެމެވެ.
26 ޖުމާދުލްއޫލާ 1442
10 ޖެނުއަރީ 2021