ވަޒީފާގެ ފުރުސަތު
|
މަޤާމް
|
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ގަން އިޖުތިމާޢީ މަރުކަޒު، ގަން / އައްޑޫ
|
މުސާރަ:
|
3565/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1500/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިޖްތިމާޢީ މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުވާ ލެއްޕުމުގެ ހުރިހާ އިންތިޒާމުތަކެއް ރާވާހަމަޖެހިފައިވާ ކަމުގެ ޔަޤީންކަން ލިބުން.
- ކޮންމެ މަހެއްގެ ޙާޟިރީ/އިތުރުގަޑި ރިޕޯޓް މަހުގެ 15 ވަނަ ދުވަހަށް ނިންމާ، 16 ވަނަދުވަހު އޮފީސްބަންދުވުމުގެ ކުރިން ފޭދޫއަވަށު އޮފީހަށް ފޮނުވުން.
- ކޮންމެ މަހެއްގެ މަންތްލީ ރިޕޯޓް ޖެހިގެން އަންނަމަހުގެ 5 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޭދޫއަވަށު އޮފީހަށް ފޮނުވުން.
- މަރުކަޒުގެ މުވައްޒަފުންގެ ޙާޟިރީ، އިތުރުގަޑީގައި ހުޅުވާލެއްޕުމުގެ ހުއްދަލިބިގެން ކުރެވޭ މަސައްކަތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި ދުވަހުންދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުން.
- އަޕްޑޭޓްކޮށް ބަލަހައްޓަންޖެހޭ މަޢުލޫމާތުތައް ގަވާއިދާ އެއްގޮތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކުޅިވަރާއި އެހެނިހެން ކަންތައްތައްކަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ޔަޤީންކަންލިބުން.
- މަރުކަޒުގެ އަހަރީ ރިޕޯރޓްކަޑައެޅިފައިވާ ތާރީޚަކަށް ފޭދޫއަވަށު އޮފީހަށް ފޮނުވުން.
- މަރުކަޒުން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަކެއްޗާއި، މަރުކަޒުގެ މަރާމާތާއި، އާބަތުރާ ފިލުވުމުގައި ކުރަންޖެހޭ ކަންތައްތަކުގައި ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކުރުން.
- ލިޔެކިޔުންތައް ފަސޭހައިން ފެންނާނެގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
- ތަނުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ރަނގަޅު ކުރަންވީ ކަންތައްތައް ފާހަގަކޮށް ފޭދޫއަވަށު އޮފީހަށް ރިޕޯޓުކުރުން.
- ކުޅިވަރު ކުޅުމަށް އަންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން.
- ތަނުގެ މެއިންޓެނަންސް ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން ކުރުވުން.
- މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް މުވައްޒަފުންނާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- މީގެ އިތުރުންވެސް ތަނަށް ބޭނުންވެއްޖެ ވަގުތެއްގައި ކުރަންޖެހޭ ކަމެއްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2120 ޖަނަވަރީ 24 އާއި 2120 ޖަނަވަރީ 30 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018 ނަންބަރު ފޯނާއެވެ.
|
26 ޖުމާދަލްއޫލާ 1442
10 ޖަނަވަރީ 2021
|