އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޮނިޓަރިންގެ ޙާލަތުގައިވާ ރަށްތަކުން 1 ޖަނަވަރީ 2021ގެ ފަހުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާ ގުޅޭ

14 ޖެނުއަރީ 2021     3 years ago


އިޢުލާން

ތިރީގައި ދެންނެވިފައިވާ، މާލެ ސަރަޙައްދު ފިޔަވައި މޮނިޓަރިންގ ގެ ޙާލަތުގައިވާ ރަށްތަކުން، ކަނޑުމަގުން އަދި ވައިގެ މަގުން ވިޔަސް، އައްޑޫސިޓީއަށް 01 ޖަނަވަރީ 2021 ގެ ފަހުން ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ލަސްނުކުރައްވާ އެރަށެއްގެ އެސް.އެސް.ޑީ އަށް އެންގެވުން އެދެމެވެ.

މޮނިޓަރިންގ ގެ ޙާލަތުގައިވާ ރަށްތައް (12 ޖަނަވަރީ 2021ގެ ނިޔަލަށް)

  1. ގއ.ދެއްވަދޫ
  2. ލ.ގަން
  3. ލ.ފޮނަދޫ

އެސް.އެސް.ޑީ ގެ ނަމްބަރު

  1. ހިތަދޫ އެސް.އެސް.ޑީ – 7789042
  2. މަރަދޫ އެސް.އެސް.ޑީ – 7789043
  3. މަރަދޫ ފޭދޫ އެސް.އެސް.ޑީ – 7789045
  4. ފޭދޫ އެސް.އެސް.ޑީ – 7789044
  5. ހުޅުދޫ އެސް.އެސް.ޑީ – 7789046
  6. މީދޫ އެސް.އެސް.ޑީ – 7789041              

މިކަމަކީ ރާއްޖޭގެ ރަށްތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން އައްޑޫ

ސިޓީގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެކެވެ.

            މިފަދަ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

01 ޖުމާދުލް އާޚިރާ 1442

14 ޖަނަވަރީ 2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2021/40

ޕަބްލިޝް ކުރި ތާރީޚް: 14-01-2021

ސުންގަޑި: 2021-01-14 14:00:00