އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ކޮމްޕިއުޓަރ ޓެކްނީޝަން (ހުޅުދޫ އަދި މީދޫ އަވަށު އޮފީސް)

17 ޖެނުއަރީ 2021     3 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ އަދި މީދޫ އަވަށު އޮފީސް، ހުޅުދޫ / މީދޫ، އައްޑޫ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މުސާރަ:

5610/- ރުފިޔާ

ސަރވިސް އެލަވަންސް:

2000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހުޅުދޫ އަދި މީދޫ އަވަށު އޮފީހާއި ކައުންސިލް އިދާރާގެ ދަށުން ހުޅުދޫ އަދި މީދޫގައި ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ރިޕެއަރކޮށް އަޕް-ގްރޭޑްކޮށް ބެލެހެއްޓުމުގައި ޓެކްނިކަލް އަދި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާގެ އައި.ޓީ ޔުނިޓުގެ އިރުޝާދާއެކު ކުރުން.
  2. ހުޅުދޫ އަދި މީދޫ އަވަށު އޮފީހާއި ކައުންސިލް އިދާރާގެ ދަށުން ހުޅުދޫ އަދި މީދޫގައި ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ޒަމާނާ ގުޅޭގޮތުން ޕްރޮގްރާމްތައް އަޅައި، ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް އިދާރާގެ މަސައްކަތް ހަލުވިކޮށް ކުރެވޭނެގޮތްތައް ހޯދުމުގައި ޓެކްނިކަލް އަދި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ހިންގާ ކައުންސިލްގެ އިދާރާގެ އައި.ޓީ ޔުނިޓުގެ އިރުޝާދާއެކު ކުރުން.
  3. ހުޅުދޫ އަދި މީދޫ އަވަށު އޮފީހާއި ކައުންސިލް އިދާރާގެ ދަށުން ހުޅުދޫ އަދި މީދޫގައި ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ނެޓްވޯރކަށް ދިމާވާ އެންމެހާ މައްސަލަތައް ހައްލުކުރުމުގައި ޓެކްނިކަލް އަދި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާގެ އައި.ޓީ ޔުނިޓުގެ އިރުޝާދާއެކު ކުރުން.
  4. ހުޅުދޫ އަދި މީދޫ އަވަށު އޮފީހާއި ކައުންސިލް އިދާރާގެ ދަށުން ހުޅުދޫ އަދި މީދޫގައި ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ގަވާއިދުން ޓެސްޓްކޮށް ބެލެހެއްޓުމާގުޅިގެން ކުރަންޖެހޭ ޓެކްނިކަލް އަދި އިދާރީ މަސައްކަތްތައް ކައުންސިލްގެ އިދާރާގެ އައި.ޓީ ޔުނިޓުގެ އިރުޝާދާއެކު ކުރުން.
  5. ހުޅުދޫ އަދި މީދޫ އަވަށު އޮފީހާއި ކައުންސިލް އިދާރާގެ ދަށުން ހުޅުދޫ އަދި މީދޫގައި ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ތަކެތި އައި.ޓީ ޔުނިޓްގެ ލަފައާއި މަޝްވަރާގެ މަތިން ހޯދުން.
  6. ހުޅުދޫ އަދި މީދޫ އަވަށު އޮފީހާއި ކައުންސިލް އިދާރާގެ ދަށުން ހުޅުދޫ އަދި މީދޫގައި ހިންގާ ތަންތަނުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހޯދޭ އެންމެހާ އިކުއިޕްމަންޓްސް (ސޮޕްޓްވެއަރ، ހާޑްވެއަރ ސީ.ޑީ، އެންޓިވައިރަސް ސޮފްޓްވެއަރ، ޓެސްޓަރސް، ކޭބަލް އަދި ކަނެކްޓަރސް ފަދަ އެންމެހާތަކެތި) އަދި ކޮމްޕިއުޓަރގެ އެންމެހާ ހާޑްވެއަރ (މަދަރބޯޑް ރެމް، ހާޑްޑިސްކް ފަދަ) ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އެތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކައުންސިލްގެ އިދާރާގެ އައި.ޓީ ޔުނިޓުގެ އިރުޝާދާއެކު ކުރުން.
  7. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖަނަވަރީ 31 އާއި 2021 ފެބުރުވަރީ 04 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.

04 ޖުމާދަލްއާޚިރާ 1442

17 ޖަނަވަރީ 2021

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2021/35

ޕަބްލިޝް ކުރި ތާރީޚް: 17-01-2021