ވަޒީފާގެ ފުރުސަތު
|
މަޤާމް
|
މަސައްކަތު
|
ބޭނުންވާ ޢަދަދު:
|
08 (އަށެއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިތަދޫ އަވަށު އޮފީސް ، ހިތަދޫ / އައްޑޫ
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 1
|
މުސާރަ:
|
3100/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ރަށުތެރެއާއި، މަގުތަކާއި، ޕާކުތަކާއި،ބަނދަރާއި، ހޭޅިފަށާއި، ޢާއްމު އިޖުތިމާޢީ މައިދާންތައް ސާފުކުރުން.
- ތާރުމަގާއި ތާރުމަގުގެ ދެފަރާތު ދުވާރުމަތި ވެލިކަހާ، ވެލިތައްނަގާ، ސާފުކޮށް ތާރުމަގުތަކުގައި ބެހެއްޓިފައިވާ ގަސްވަށިތަކާއި، ވަށްބުރުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރުން.
- ކައުންސިލް އިދާރާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގެ މަގުތަކަށް ދަތިވާގޮތަށް ހެދިފައި ހުންނަ ރުއްގަސްތައްކޮށާ، ކުނިނަގާ ސާފުކުރުން.
- ތާރުމަގުތަކުގައި ފެން ހިންދުވަން ހަދާފައިވާ ސިންކްޕިޓްތައް ސާފުކުރުން
- ވިއްސާރަވެ ފެންބޮޑުވުމުން ފެންބޭރުކުރުމަށް ހަދާފައިވާ ޖަންކްޝަންތައް ސާފުކުރުން.
- ހިޔާދޭ ބިޔަގަސްތައް އިންދުމާއި ރަށުތެރޭގެ ޒީނަތްތެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
- އައްޑޫސިޓީގެ ހިތަދޫއަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގައި އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
- ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުން.
- އައްޑޫސިޓީ ހިތަދޫގެ ކުޅިތައް ސާފުކުރުމުގެ މަސައްކަތް ކުރުން.
- ގަބުރުސްތާނު ތަކާއި މިސްކިތްތަކުގެ ހަރިންމަތެރޭގެ ގަސްތައްކޮށާ ވިނަނޮޅާ ސާފުކުރުމާއި ކުނިނެގުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ލިޔަންކިޔަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ފެބުރުވަރީ 03 އާއި 2021 ފެބުރުވަރީ 09 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.
|
04 ޖުމާދަލްއާޚިރާ 1442
17 ޖަނަވަރީ 2021
|