އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ސަރަހައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ވިޔަފާރީގެ ބޭނުމަށް ވެއަރހައުސް ގުދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެފުރުސަތު ހުޅުވާލުން

19 ޖެނުއަރީ 2021     3 years ago


އިޢުލާން

އައްޑޫ ސިޓީ ހިތަދޫ ސަރަހައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ވިޔަފާރީގެ ބޭނުމަށް ވެއަރހައުސް ގުދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެފުރުސަތު ހުޅުވާލުން

އައްޑޫ ސިޓީ ހިތަދޫ ސަރަޙައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ވިޔަފާރީގެ ބޭނުމަށް ވެއަރ ހައުސް ގުދަން އެޅުމަށް ބިންދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމެވުމާއި ގުޅިގެން އެ ސަރަހައްދުން ކުލީބިން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އަދަދާއި ބިމުގެ ބޮޑުމިން ތިރީގައިމިވާ ޓޭބަލް ގައި މިވަނީއެވެ. މިބިންތަކުގެ ލޮކޭޝަން އިޢުލާނުގައި ލިންކުކުރެވިފައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.

 

ޕްލޮޓް ނަންބަރު

ބިމުގެ ބޮޑުމިން (އަކަފޫޓު)

ޕްލޮޓް ނަންބަރު

ބިމުގެ ބޮޑުމިން (އަކަފޫޓު)

2

20000

8

10000

3

15000

9

10000

4

10000

10

5000

5

10000

11

5000

6

10000

12

5000

7

10000

13

5000

 
  1. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިގު މުއްދަތަކަށެވެ. ބިން ކުއްޔަށް ދިނުމަށް ބީލަންފެށޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50/ލ (ފަންސާސް ލާރީގެ) ގެ ރޭޓުންނެވެ.
  2. ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނޭ ގޮތާއި މިކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމަންޓްގައި ހިމެނޭނެއެވެ.
  3. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2021 އިން 26 ޖަނަވަރީ 2021 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.  ބިޑް ޑޮކިއުމަންޓް ވިއްކަނީ 300ރ (ތިންސަތޭކަ) ރުފިޔާގެ އަގަކަށެވެ.  
  4. ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލު ގައިވާގޮތުގެ މަތިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައަޅާފައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

27 ޖަނަވަރީ 2021

ބުދަ

13.30

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

03 ފެބުރުއަރީ 2021

ބުދަ

13.00

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

 

                                             

  1. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ތަކާއި އަދި މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅުއްވާފައި ހުންނަ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ދިވެހި ރައްޔިތުންނަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްއެކަނިކަމުގައި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  2. މި އިޢުލާނުގައިވާ 3 އަދި 4 ވަނަ ނަންބަރުގައިވާ ތާރީޚްތަކަށް ބަދަލުތަކެއް އަތުވެއްޖެނަމަ އެކަން އާއްމުކޮށް އިޢުލާންކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ހިތަދޫ ސަރަޙައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ކުއްޔަށް ހިފުމަށް ދެވޭ މަޢުލޫމާތު ޝީޓް

ހިތަދޫ ސަރަޙައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓް

05 ޖުމާދަލްއާޚިރާ 1442

18 ޖަނަވަރީ   2021



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2021/44

ޕަބްލިޝް ކުރި ތާރީޚް: 19-01-2021

ސުންގަޑި: 2021-02-03 13:00:00